Jump to content

ވިކިޕީޑިއާ:ޢާންމު ހޮޅުއަށި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Dhivehi Wikipedians' notice board
This is a page to function as a notice board for things that are particularly relevant to Dhivehi Wikipedians
You are encouraged to categorize yourself in Category:Dhivehi Wikipedians

މަސައްކަތްތަކުގެ ލިސްޓު އައު ކުރެއްވުމަށް ޕާރޖުކުރައްވާ!
Shortcut:


ވިކިޕީޑިއާ:ޢާންމު ހޮޅުއަށި: ގައި ނުނިމި ހުރި މަސައްކަތްތައް

މިލިސްޓަށް އުނިއިތުރު ގެންނަވާ - ނަޒަރު ބަހައްޓަވާ - ޕާރޖުކުރައްވާ

ދިވެހި ވިކިރަދީފު ބިނާކުރުމަށް އެހީތެރިކަން ބޭނުން
- http://dv.wiktionary.org/

މަޒުމޫނު ހިމެނުމަށް

ތިރީގައި މިވާ ލިސްޓު ނެގިފައި ވަނީ
މައްކާ މި މަޒުމޫނުންނެވެ.

އަލުން ބެއްލެވުމަށް


އިތުރު ކުރުމަށް

ޤައުމުތައް

ބަސްތައް

ތަންތަން

ސިޔާސީ

އަތޮޅުތައް

އެހެނިހެން...

ވިކިފައި ކުރުމަށް

ސަމާލުކަމަށް

ހުށަހެޅިފައިވާ ބަދަލުތައް

RWNBs

GENERAL

BY REGION (A-Z)

 v  d  e 


ތިރީގައި މިވަނީ ބަދަލުކުރުމަށް ހުށަހެޅިފައިވާ ބައެއް ކަންތައް ތަކެވެ. މިކަމުގައި ތިޔަ ބޭފުޅާގެ ޚިޔާލެއް ވާ ނަމަ [[Talk:ވިކިޕީޑިއާ:އާންމު ހޮޅުއަށި|ބަހުސް ސަފްޙާ]] ގައި އެ ޚިޔާލެއް ފާޅު ކުރައްވާށެވެ.

  • ދިވެހި ނަންތަކަށް އިސްކަން ދިނުން.
މިސާލަކަށް. ސިރީ ލަންކާ ގެ ބަދަލުގައި ލިޔަން ޖެހޭނީ އޮޅުދޫކަރަ މިހެންނެވެ.
  • ރަށްރަށުގެ ނަން ލިޔަން ޖެހޭނީ އަތޮޅުގެ ނަމާ އެކުގައެވެ.
މިސާލަކަށް. ނިލަންދޫ މި މަޒުމޫނުގެ ޢުންވާނު އޮންނަން ޖެހޭނީ ނިލަންދޫ (ފ. އަތޮޅު) މިހެންނެވެ. މީގެ ބޭނުމަކީ އެއް ނަމެއް ކިޔާ ގިނަ ރަށްރަށް އޮތުމުން ދިމާވާ އަރައިރުން މަދުކުރުމެވެ.

ދިވެހި ވިކިޕީޑިއާ އަށް Khazaanaa ދޭން ބޭނުން ބައެއް ޚިޔާލުތައް

ދިވެހި ވިކިޕީޑިއާ ގައި ބޭނުންކުރެވޭ ބަސްތައް އެއްގޮތަށް ދެމެހެއްޓޭތޯ މަސައްކަތް ކުރުން

މިސާލަކަށް ޗައިނާ އަށް ސީނުކަރަ އިންޑިޔާ އަށް ހިންދުސްތާން، އަދި ސްރީލަންކާ އަށް އޮޅުދޫކަރަ ކިޔާކިޔުން ދާއިމީ ގޮތެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން! މާނައަކީ އެއްތަނެއްގައި ސީނުކަރަ އަނެއް ތަނެއްގައި ޗައިނާ މިގޮތަށް ބޭނުން ނުކުރުން، އަދި މިނޫން މިފަދަ ބަސްތައް ވެސް މިއުޞޫލާ ޚިލާފުނުވާނޭ ގޮތަށް ބޭނުންކުރުން!

ދިވެހި ވިކިޕީޑިއާގެ ތެރެއިން ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރުން

މިގޮތުން އާބަސްތައް އުފެއްދުމަށް އަހައްމިއްޔަތުކަމެއް ދިނުން! ޚާއްޞަކޮށް ބޭސްވެރިކަން، އިންޖިނޭރުކަން، އަދި މިނޫނަސް ތަފާތު ޢިލްމުތަކުގައި ހުންނަ ޢިލްމީ ބަސްތައް ދިވެހިކޮށް އެބަސްތައް އެއްގޮތަކަށް ލިޔުންތަކުގައި ބޭނުންކުރުމަށް މަސައްކަތްކުރުން! މިގޮތަށް ހެދުމުން އާބަސް އުފެދުމަށް މަގުފަހިވާނެ! ސަބަބަކީ ބައެއް ފަހަރު އާބަސް އުފެދިގެން އަންނަނީ ކޮންމެވެސް ބަޔަކު އެބަހެއް ވަކިގޮތަކަށް ބޭނުންކޮށް ޢާންމުކުރުމުން ކަމަށްވާތީ

ވަކި ތަރުތީބަކުން ވިކިޕީޑިއާގެ ބައިތައް ތަރުޖަމާކުރުމަށް މަސައްކަތްކުރުން

މިސާލަކަށް ގައުމުތަކުގެ ބައި ތަރުޖަމާކޮށް ހަދާއިރު އަވަށްޓެރި ގައުމުތަކަށް އިސްކަންދެވިދާނެ! އަދި އެއަށްފަހު ދުނިޔޭގެ މަޝްހޫރު ބޮޑެތި ގައުމުތަކަށް އަދި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަންތަނަށް އިސްކަންދެވިދާނެ! އަދި މިކަމުގައި ވިކިޕީޑީއާގެ ހަރަކާތްތެރި މެންބަރުންގެ އެހީތެރިކަން ހޯދިދާނެ! މާނައަކީ ބަހައިލައިގެން އެކިމެންބަރުން އެކި ގައުމުތައް ތަރުޖަމާކުރަމުން ގެންދިއުން!

ދިވެހި ވިކި ޕީޑިއާ އަކީ ޢިލްމީ އެކުމާފާނަކަށް ހަދަން މަސައްކަތްކުރުން

މިގޮތުން އެކިއެކި ދާއިރާތަކުން ޢިލްމީ ބޮޑެތި މަޒުމޫނުތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވިދާނެ! މިކަމުގައިވެސް ކުރިން ބުނިހެން ހަރަކާތްތެރި މެންބަރުންގެ އެހީތެރިކަން އިދާރީ މެންބަރުންނަށް ހޯދިދާނެ!

ދިވެހި ޕީޑިއާގެ އިދާރީ މެންބަރުންނާއި މި އެކުމާފާނު ހެދުމުގައި ބައިވެރިވެރިވާ ހަރަކާތްތެރި މެންބަރުންނާއި ގާތްގުޅުމެއް ބޭއްވުން

މިގޮތަށް ހެދުމުން ކަންކަމުގައި ތަފާތު ޚިޔާލުތައް ލިބި، ފުރިހަމަ އެކުމާފާނަކަށް މިއެކުމާފާނު ވާނެކަން ކަށަވަރު!

މިހާރު ހަދަން ފަށާފައިވާ ނެރުތަކުގެ ބޭރު ޞަފްޙާތައް ހަދައި އެނެރުތައް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރި މެންބަރުންގެ އެހީތެރިކަން ހޯދުން

މިސާލަކަށް ޖުޣުރާފީ ނެރު މިހާރު ހެދިފައިވާ ބައި ނިންމައި އިތުރަށް ހަދަން ހުރި އެތެރޭގެ ޞަފްޙާތައް އެކިއެކި މެންބަރުންނާއި ޙަވާލުކުރުން

ދިވެހި ވިކިޕީޑިއާގައި ބޭނުންކުރެވޭ ބަސްތަކުގެ ތެރެއިން ގައުމުތަކަށް ކިޔޭ ނަންތައް ހިފަހައްޓާނެ ގޮތެއް ކަނޑައެޅުން

މިސާލަކަށް ދިވެހިން ޢާންމުކޮށް މެލޭޝިޔާ އަށް މިކިޔަނީ މެލޭޝިޔާ މިބުނީ ފަހަތަށް ޔ އަށް ނިމޭގޮތަށް، މެލޭޝިއާ އެއް ނޫން! އެކަމަކު އިގިރޭސި ބަހުގައި އިންނަނީ ފަހަތަށް އ ނިމޭގޮތަށް! ހަމަމިހެން އިންޑޮނޭޝިޔާ، އަދި އޮސްޓަރުލިޔާ ކިޔާ އިރު ވެސް އަދި ކިޔާއިރު ވެސް މިކިޔަނީ ފަހަތަށް ޔ އަންނަ ގޮތަށް! އެހެންވީމާ ބުނަން މިއުޅެނީ މިގޮތަށް ހުރި އެހެން ނަންނަން ވެސް ފަހަތަށް ގެންނަންވީ އ ތޯ ނުވަތަ ޔ ތޯ! އަދި މިއިން ދިވެހި ވިކި ޕީޑިއާ އިން ހިފަހައްޓަން ބޭނުންވާ ގޮތަކީ ނުވަތަ އުސްލޫބަކީ ކޮބައިތޯ؟ މިސާލަކަށް މައިކްރޯނީޝިއާ ތޯ ނުވަތަ މައިކްރޯނީޝިޔާ ތޯ؟ ލައުރޭޝިއާ ތޯ ނުވަތަ ލައުރޭޝިޔާތޯ؟... އަޅުގަނޑަށް ފެންނަ ޚިޔާލަކީ އިގިރޭސި ބަހުން ލިޔާއިރު އ އަކަށް ނިމެން އިނަސް ދިވެހި ބަހުން ޢާންމު ވެފައި އޮތީ އެފަދަ ތަންތަނަށް ޔގެ އަޑު ގެނެސްގެން ދިވެހިން ކިޔަންކަމަށްވާތީ ޔގެ އަޑު އަންނަހެން ދިވެހި ވިކިޕީޑިޔާގައި ވެސް ބޭނުންކުރުން! މިހެން މިކަން އޮތަސް ކޮންމެ ހެން އ ގެންނަށްޖެހޭހެން ހީވާތަނެއްގައި އ ގެނެވިދާނެ! މިސާލަކަށް އޮސްޓްރިޔާ ގެ ބަދަލު އޮސްޓްރިއާ ބޭނުންކުރެވިދާނެ! އަދި ބަޔާންކުރެވުނު ގޮތާއި ބެހޭ ބައެއް މިސާލުތައް ލިޔެލާނަން! އޮސްޓަރުލިއާ - އޮސްޓަރުލިޔާ އިންޑޮނޭޝިއާ-އިންޑޮނޭޝިޔާ މެލޭޝިއާ-މެލޭޝިޔާ ސީރިއާ-ސީރިޔާ ޓެންޒޭނިއާ-ޓެންޒޭނިޔާ ބަލްގޭރިއާ-ބަލްގޭރިޔާ ބޮލީވިއާ-ބޮލީވިޔާ އެހެންވީމާ މިއިން ރަގަޅު ނުވަތަ ބޭނުންކުރަން ފެންނަ ގޮތަކީ ކޮބައިތޯ؟ ދެން އަދި މިކަމުގައި ވޯޓެއް ނުވަތަ މަޝްވަރާ ކުރުމެއް ބާއްވަން ފެނޭ! އަދި އެއަށްފަހު ގޮތެއް ނިންމުން!

  • ތާއީދު: Khazaanaa ގެ ބަހަށް ތާއީދު ކުރެވެއެވެ. ބައެއް ފަހަރަށް އަހަރެންނަށް ވެސް 'ޔ' ބޭނުން ކުރަންވާ ތާގައި 'އ' ބޭނުން ކުރެވިފައި ހުރެދާނެއެވެ. ވީމާ، ރަނގަޅު ކޮށްލެއްވުން އެދެމެވެ. Deviathan 04:30, 5 ޖޫން 2007 (UTC)


އަހަރުގެ ދުވަސްތައް ހަދަމުންދާއިރު އޭގައި ރާއްޖޭގެ މަޢުލޫމާތު ހިމެނުން

މިހާރު ތިޔަ ބޭފުޅާ ހައްދަވަމުން ތިޔަ ގެންދަވާ އަހަރުގެ ދުވަސްތަކުގައި ހިގާފައިވާ ކަންތައްތަކުގެ ބައި ހަދާއިރު ރާއްޖެ އަދި ބޭރު ދުނިޔެ ވަކިން އެ ޞަފްޙާތައް ފުރިހަމަ ކުރުމަށް ފެނޭ! ފަށައިގަންނައިރު ރާއްޖޭގެ މަޢުލޫމާތު ނޭގުނަސް އެގުނު ވަރަކަށް އިތުރު ކުރެވިދާނެ ! މިސާލަކަށް މާރޗް 29 ދިވެހި ޓީވީގެ އަހަރީ ދުވަސް ނުވަތަ އުފެދުނު ދުވަސް . އޭޕްރީލް 21 ސިފައިންގެ އަހަރީ ދުވަސް ! އަދި މަޝްހޫރު ބޭފުޅުންގެ އުފަން ދުވަސް މަރުވި ދުވަސްތައް ! މިސާލަކަށް މުޙައްމަދު އަމީން، މުޙައްމަދު ޖަމީލް ފަދަ ބޭފުޅުންގެ ! ދެން ޚާއްޞަ ދުވަސްތައް ވެސް މިބީދައިން އެގޭ ވަރަކުން ! Khazaanaa 17:02, 7 ޖޫން 2007 (UTC)

  • ތާއީދު: Khazaanaa . އަޅުގަނޑު ދެކޭގޮތުގައި ތިއީވަރަށް ރަނގަޅު ޙިޔާލެކެވެ. ދިވެހިގައުމާބެހޭ މައުލޫމާތު ވީހާވެސް ގިނައިން ހިމެނުމަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް ފަހިވާ އަލިމަގެއްކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ. --LeX 03:28, 25 ޖޫން 2007 (UTC)

މި ހޮޅުއަށީގައި މަޝްވަރާ ކުރައްވާ މެންބަރުންގެ ލިސްޓު

ތިރީގައި މިވަނީ މި ހޮޅުއަށީގައި މަޝްވަރާ ކުރައްވާ މެންބަރުންގެ ނަންތަކެވެ. ތިޔަ ބޭފުޅާ ޝައުޤުވެރިވެ ވަޑައިގަންނަވާ ނަމަ އަލިފުބާ ތަރުތީބުން ނަން ހިމަނުއްވާށެވެ.